އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު
ގ. މަންޒިލް

ދިވެހިބަހުގެ ލިޔުންތެރިކަމުގެ ތެރެއަށް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު ވެދެވަޑައިގަތީ، ސުމުއްވުލްއަމީރު އަލްމަރްޙޫމް މުޙަންމަދު އަމީނުގެ ކާތިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރުއެވެ. އެދުވަސްވަރު ޢަބްދުއްރަޙީމް ނޫހަށް މަޟްމޫނު ލިޔުއްވަން ފެށްޓެވިއެވެ. އޭގެފަހުން ބޭރު ބަސްބަހުން ލިޔެފައި ހުންނަ ފޮތްފޮތާއި، ބައެއް ލިޔުންތައް ތަރުޖަމާ ކުރެއްވިއެވެ. ޢަބްދުއްރަޙީމްގެ ލިޔުއްވުންތައް މިހާރުވެސް ނޫސްތަކާއި މަޖައްލާތަކުގައި ޝާއިޢު ކުރެވެމުންދެއެވެ.