އަލްޙާފިޡާ އާލާ ޢަޡުމަތު ޖަމީލް
މއ. ނާރެސް

ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ އުމުރުން 8 އަހަރުގައެވެ. 2013 ވަނަ އަހަރު ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ފެށްޓެވި 500 ޙާފިޡުންގެ ޕްރޮގްރާމުން ފުރުޞަތު ލިބިވަޑައިގަތުމުން، ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ދެން ގެންދެވީ އެ ކްލާހުގައެވެ. ދަސްކުރައްވާ ފިލާވަޅުތައް މުރާޖަޢާ ކުރައްވަމުން ގެންދެވީ ގޭގައެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިމުނީ 2015 ވަނަ އަހަރުގެ މޭ މަހުއެވެ. މުރާޖަޢާކޮށް ނިމި، ޙާފިޡުންގެ ކޮމިޓީއަށް ކިޔުއްވައިދެއްވައި ނިންމެވީ މިއަހަރުގެ ޖޫންމަހުއެވެ.