އަލްޙާފިޡާ ހިމްނާ މުޙައްމަދު ޢިޔާޟް
ހ. ލަކީ

ޤުރްއާން ހިތުދަސްކުރެއްވުމަށް މަންމައާއި ބައްޕަ އަބަދުވެސް ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. ޤުރްއާން އެއްކޮށް ހިތުދަސްކުރައްވައި ނިންމެވީ އުމުރުން އެންމެ 15 އަހަރުގައެވެ. ރޭގަނޑު ނިދާގަޑީގައި ކީރިތި ޤުރްއާނުން ޢާންމުކޮށް ދަސްކުރާ ބައި، އޯޑިއޯ ޖަހައިގެން އިވޭގޮތަށް ހުރުމަކީ، ޤުރްއާން ހިތުދަސްކުރެއްވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދިޔަ ކަމެކެވެ. ހިމްނާ ޤުރްއާން ހިތުދަސްކުރެއްވީ ވަކި ކްލާހަކަށް ވަޑައިގަންނަވައިގެނެއް ނޫނެވެ. ޤުރްއާން ހިތުދަސްކުރެއްވުމުގައި، ކާފަގެ އެއްބާރުލެއްވުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާކަން ޝުކުރުވެރިކަމާއެކު ހިމްނާ ފާހަގަކުރައްވައެވެ.