އަލްޙާފިޡާ ބައްސާމާ ސުލައިމާން
ފުނަކުރި / ހއ. ދިއްދޫ

ޚަތިމުގެ ފެށޭ ހިސާބުން ފޮތްތައް ދަސްކުރައްވަން ޢުމުރުން 15 އަހަރުގައި ފަށްޓަވައި، މަންމަ ދެއްވި ހިތްވަރާއެކު 2 އަހަރު ދުވަހުގެ ތެރޭގައި 15 ފޮތް ދަސްކުރެއްވިއެވެ. ގްރޭޑް 10 ނިންމެވުމަށްފަހު، ޤުރްއާނާބެހޭ މަރުކަޒުން ހިންގެވި ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން، ޤުރްއާން އެކީގައި ހިތުން ދަސްކުރައްވައި ނިންމަވައިލެއްވީ 1 އަހަރު ދުވަހުގެ ތެރޭގައެވެ. މިކަމުގައި މަންމަ ކޮށްދެއްވި މަސައްކަތްތައް ބައްސާމާ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައެވެ.