ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން

               ޢާންމުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ޢާންމުންގެ ޞިއްޙީ މަޢުލޫމާތު މުއްސަނދި ކުރުމަށް ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފާހަގަކޮށް، ޞިއްޙަތާ ބެހޭގޮތުން އާދަޔާޚިލާފު ޚިދުމަތްކުރާ ފަރާތަކަށް ޑަބްލިޔޫ.އެޗް.އޯ. އިން ދެވޭ "ސަސަކާވާ ހެލްތް ޕްރައިޒް - 1996" ގެ ޝަރަަފުވެރި އިނާމު، ޑަބްލިޔޫ.އެޗް.އޯ. އިން މިއަހަރު ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ) އަށް ލިބިފައިވާތީ.