އަލްފާޟިލް އަޙްމަދު ޒާހިރު
ހ.ފެއަރީ

               ފެއަރީ އަޙްމަދު ޒާހިރު، ނޫސްވެރިކަމުގެ ދާއިރާއިން ފެންނަން ފެށީ މީގެ 13 އަހަރު ކުރިންނެވެ. އޭރުއްސުރެ މެދުނުކެނޑި، ދުވަހުނޫސް އާފަތިހަށް ލިޔުއްވަމުން ގެންދަވައެވެ. އަދި އެނޫހަށް ތަފާތު ރޮނގުރޮނގުން އަޙްމަދު ޒާހިރުގެ ޚިދުމަތް ލިބެމުން ދެއެވެ. މިގޮތުން، ދިވެހި ޚަބަރާއި، އިނގިރޭސި ޚަބަރު ލިޔުއްވުން، ބައިނަލްއަޤްވާމީ މައްސަލަތައް ދިރާސާކުރެއްވުން، ޒުވާނުންނާއި މުނިފޫހިފިލުވުން، އަދި އިޖްތިމާޢީ މައްސަލަތަކާމެދު ލިޔުއްވުން ހިމެނެއެވެ. ފަހަކަށްއައިސް އާފަތިހުގެ އެންމެ ހީވާގި ހިންގުންތެރިއަކީވެސް އަޙްމަދު ޒާހިރެވެ.