އަލްފާޟިލާ ފާޠިމަތު މަނިކެ
ހ.މާވެލް

               ފާޠިމަތު މަނިކެ އަތްތެރި މަސައްކަތް ކުރައްވަން ފެށްޓެވީ އުމުރުން 12 އަހަރުގައެވެ. އާމްދަނީ ހޯއްދެވުމުގެ ގޮތުން މި މަސައްކަތް ފެށްޓެވީ އުމުރުން 19 އަހަރުގައެވެ. އުމުރުން 35 އަހަރުގައި މީސްމީހުންނަށް މި މަސައްކަތް ދަސްކޮށްދެއްވަން ފެށްޓެވިއެވެ. މިހާތަނަށް 50 ކުދިންނަށް ފާޠިމަތު މަނިކެ މި މަސައްކަތް ދަސްކޮށްދެއްވާފައި ވެއެވެ. އަދި މީނާ ހައްދަވާ ތަކެތި ރާއްޖޭގެ މަސައްކަތްތެރިކަމުގެ މަޢުރަޟުތަކުގައި ބައިވެރިކުރައްވައި، މަތީ ވަނަތައް ވަނީ ޙާޞިލު ކުރައްވާފައެވެ. މިގޮތުން، 1982 ވަނަ އަހަރު ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢުރަޟުން ގޮތްހަދާފޮށީގެ މަސައްކަތުން 1 ވަނަ، އަދި ހަމަ އެ އަހަރު، މި މަޢުރަޟުން އަތުންފަހާ ތިނޯހުގެ މަސައްކަތުން 3 ވަނަ ހޯއްދަވާފައި ވެއެވެ. އަދި މީގެއިތުރުން 1990 ވަނަ އަހަރު އޮތް ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ މަޢުރަޟުން ތިނޯހުގެ މަސައްކަތުން 3 ވަނަ މަގާމުވެސް ފާޠިމަތު މަނިކެ ޙާޞިލު ކުރައްވާފައި ވެއެވެ.