އަލްފާޟިލް މުޙަންމަދު ރަޝާދު
ކަންމަތީވިލާ/ ގއ.ދެއްވަދޫ

               މުޙަންމަދު ރަޝާދަކީ އުމުރުން 15 އަހަރުން ފެށިގެން ފޭރާންކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. މީނާގެ އަމިއްލަ ޚަރަދުގައި، މިކަމަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ބޭރުން ގެންނަވައިގެން ވަރަށް ރަނގަޅު ފެންވަރަކަށް މި މަސައްކަތް މީނާ ގެންދަވަނީ ކުރައްވަމުންނެވެ. މި ގޮތުން، މުޙަންމަދު ރަޝާދު އުފައްދަވާ ތަކެތީގެ ތެރޭގައި، އެކިފެންވަރުގެ މުންޑު، ފަޓުލޫނުފޮތި، ގަމީސްފޮތި، ބެޑްޝީޓް، ކުޑަރުމާ، ދިވެހިލިބާސްފަހާ ރޮނގުދެމިފޮތި، ފޭލި، ތުވާލި ހިމެނެއެވެ. އަދި މިތަކެއްޗަށް ރަނގަޅު އަގު ލިބިލައްވާ ކަމަށްވެސް ވެއެވެ. މުޙަންމަދު ރަޝާދު މި މަސައްކަތް ކުރެއްވުމުގެ އިތުރުން، ރަށުގެ މީހުންނަށާއި، ރަށުންބޭރު މީހުންނަށް މި މަސައްކަތް ދަސްކޮށްދެއްވުމަކީވެސް ކުރައްވަމުން ގެންދަވާ ކަމެކެވެ.