އަލްފާޟިލް މުޙަންމަދު ޢަބްދުލްޤާދިރު
ގ.ގޯޅިތެރޭގެ
1986 ވަނަ އަހަރު "ތާނަރައިޓަރ" ކިޔާ ޕްރޮގްރާމެއް މުޙަންމަދު ޢަބްދުލްޤާދިރު އުފެއްދެވިއެވެ. އޭރުއްސުރެ ފެށިގެން ކޮމްޕިއުޓަރ ބޭނުންކޮށްގެން ތާނަ ލިޔަމުން ގެންދަނީ މީނާގެ މި އަގުހުރި މަސައްކަތްތެރިކަމުން އުފެއްދެވި ޕްރޮގްރާމްގެ ބޭނުންކޮށްގެންނެވެ. މި ޕްރޮގްރާމް އިތުރަށް ތަރައްޤީ ކުރައްވައިގެން، މިހާރު ކޮމްޕިއުޓަރުން ލިޔާ، ތާނައިގެ ބޮޑުއަކުރު ލިޔުމަކީވެސް މީނާގެ އުފެއްދެވުމެކެވެ. މި މަސައްކަތް، އާމްދަނީ ހޯއްދެވުމުގެ ގޮތުން ކުރެއްވުމާއެކު، އިތުރު މީހުން އުފެއްދެވުމުގެ ގޮތުން، 300 ކުދިންނަށް ކިޔަވައިދެއްވާފައި ވެއެވެ. އަދި ސަރުކާރުގެ ބައެއް އޮފީސްތަކަށާއި، އަމިއްލަ ބައެއް ފަރާތްތަކަށް ބޭނުންވާ މިފަދަ ޕްރޮގްރާމްތައް ހައްދަވައި ދެއްވުމަކީވެސް މުޙަންމަދު ޢަބްދުލްޤާދިރު ކުރައްވާ މަސައްކަތެކެވެ.