އަލްފާޟިލާ ދޮންކަމަނަ
ރަންއަވި/ ގދ.ފިޔޯރީ

               ދޮންކަމަނައަކީ، އެކަނިމާއެކަނި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ބޭކަނބަލެކެވެ. މި މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް 35 އަހަރު ވެދާނެއެވެ. މިގޮތުން، ވަރަށް ގިނަ ތަފާތު ވައްތަރުގެ ކާބޯތަކެތި އަޅާގަސް ހެއްދުމުގެ މަސައްކަތް މީނާ ކުރައްވައެވެ. ދަނޑުވެރިކަމުން ލިބިލައްވާ އާމްދަނީން، ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަޖައްސަވަމުން ގެންދެވުމުގެ އިތުރުން، ގެއަކާއި ބަދިގެއެއް އިމާރާތް ކުރައްވާފައިވެސް ވެއެވެ.