އަލްފާޟިލް ޢަބްދުލްޙަމީދު އިބްރާހީމް
ކުދީނާގެ/ ހއ.ހޯރަފުށި

               ޢަބްދުލްޙަމީދަކީ، އުމުރުން 16 އަހަރުން ފެށިގެން މަސްވެރިކަން ކުރައްވަމުން ގެންދަވާ ހީވާގި ކެޔޮޅެކެވެ. މަސްވެރިކަމުން މީނާއަށް ލިބިލެއްވި އާމްދަނީން، ގެދޮރު ޢިމާރާތް ކުރައްވައި، ދޯނިފަހަރު ބަންނަވައި، އަދި މިނޫންވެސް ވަރަށް މުހިންމު ކަންތައްތައް ކުރައްވާފައި ވެއެވެ. އަދި މަސްވެރިކަން ކުރާގޮތް ގިނަބަޔަކަށް ދަސްކޮށްދެއްވާފައި ވެއެވެ. ޢަބްދުލްޙަމީދު މަހަށްގޮސް އުޅުއްވާއިރު އެން ދެމުމަށްޓަކައި ނަގިލިލައިގެން އެންހަލުގައި ދޯނި ބަނުންފަދަ ކަމެއްނުކޮށް ހާހަލުން އެންއަޅައި ހެއްދެވުމަކީ އާދަވެގެން ކަންތައް ކުރައްވާގޮތް ކަމަށް ވެއެވެ.