އަލްފާޟިލް އާދަމް ޢަލީ
ހަނދުވަރީގެ/ މ.ރަތްމަންދޫ

               ދިވެހި ބޭސްވެރިކަމުގެ ތެރޭގައި ހިމެނޭ ރުއްގަލުބޭސް، އާދަމް ޢަލީ ކުރައްވާތާ ގާތްގަނޑަކަށް 44 އަހަރު ވެއްޖެއެވެ. މި ދިގުމުއްދަތުގައި މި ޚިދުމަތް ދެއްވާފައިވަނީ މުޅިން ހިލޭއެވެ. އަދި މި ޚިދުމަތް ލިބިގަތުމަށް އަންނަ ބައެއް މީހުންނަށް ހިލޭ ކާންދެއްވައި، އެމީހުން ބަލަހައްޓަވައިދެއްވާފައި ވެއެވެ. އާދަމް ޢަލީއަށް  ލިބިފައިވާ މި ޢިލްމު، މީނާގެ ތިން ދަރިންނަށް ދަސްކޮށްދެއްވާފައި ވެއެވެ.