އަލްފާޟިލް ސަރުދާރު ދޮންމަނިކު
މ.ނޫވިލު

               އުމުރުން 71 އަހަރުވީ ސަރުދާރު ދޮންމަނިކަކީ އުމުރުން 25 އަހަރުން ފެށިގެން ކުރެހުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. މިގޮތުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑެތި ތަޞްވީރުތައް ކުރެއްސެވުމާއި، ގިޑިގެ ޑިޒައިން ކުރެއްވުންފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން، ބޮއްޔާއި، މަހުގެ ކަށްޓާއި، މަހުގެ ހަމުން އެއްޗިހި ހެއްދެވުންވެސް ހިމެނެއެވެ. އަދި ސްޓެންސިލްގައި ކުރަހައިގެން ނޫސްމަޖައްލާ ނެރުނު ދިގު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައްވެސް ހިމެނެއެވެ. ފަހަކަށް އައިސް ރާއްޖޭގައި ކުރެހުންތެރިން އުފެދިގެން، އެ ކުރެހުންތެރިންގެ މަސައްކަތްތައް ޢާންމުވުމުގެ ކުރީގައި، ގިނަ އަހަރުތަކެއް ވަންދެން މުޅި ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު ކުރެހުންތެރިޔަކީ ސަރުދާރު ދޮންމަނިކެވެ.