ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓޭޓިވް ކަމުގެ މަގާމަށް ހ.ތިމާވެށި އަލްފާޟިލް ޢަބްދުﷲ ޖާބިރު، މިނިސްޓަރުންގެ ފެންވަރުގައި ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ފަތްކޮޅު ދެއްވުމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރީގެ ދާއިރާގައި ޢަބްދުﷲ ޖާބިރަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ މައްޗަށް ބައްލަވާލައްވައި، އެމަނިކުފާނު ޤައުމަށް ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތައް ފާހަގަކުރެއްވިއެވެ.