މިއޮފީހުގެ ހުސްވެފައިވާމިދަންނަވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެވަޒީފާއަށްބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.
1.  މަގާމުގެ ނަން:
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް (ކޮންޓްރެކްޓް)
 ރޭންކް:
ޖީ.އެސް. 3
 އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ކޯޕަރޭޓް ސަރވިސް އޮފީސް/ ކޮރެސްޕޮންޑެންސް
 ކޮންޓްރެކްޓް މުއްދަތު:
5 މަސްދުވަސް (ވިހެއުމާއި ގުޅިގެންދޭ ޗުއްޓީގައި ހުންނަ މުވައްޒަފު ޗުއްޓީ ނިމޭ ދުވަހާ ހަމައަށް)
 ބޭނުންވާ އަދަދު:
1 (އެކެއް)
 އަސާސީމުސާރަ:
 4,465.00 ރުފިޔާ
 ސަރވިސްއެލަވަންސް:
1,500.00 ރުފިޔާ
 އެކްސްކްލޫސިވްޖޮބްއެލަވަންސް:
 2,009.25ރުފިޔާ (އަސާސީ މުސާރައިގެ %45)
 ލިވިންގއެލަވަންސް:
2,500.00 ރުފިޔާ
 މަގާމުގެ ޝަރުތު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓްފިކެޓް 2) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓްފިކެޓް 3) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 މަގާމުގެ މައިގަނޑު
 މަސްއޫލިއްޔަތުތައް:
- އަމިއްލަ ފަރާތްތަކަށާއި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ޖަވާބާއި ނޯޓްފަދަ ތަކެތި ތައްޔާރުކޮށް ޓައިޕްކުރުމާއި އެތަކެތި ޖެމްސް މެދުވެރިކޮށް ފޮނުވުން.
- އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވަންޖެހޭ ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
- އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ހޯދަންޖެހޭ ރެކޯޑްތަކާޢި މަޢުލޫމާތު ހޯދައި ބެލެހެއްޓުން.
- ކަރެސްޕޮންޑަންސް ސެކްޝަނުން ހަވާލުކުރާ އެހެނިހެން އިދާރީ މަސައްކަތްތައްކުރުން.
2. މަގާމުގެ ނަން:
ގާޑު
ރޭންކް:
އެސް.އެސް. 1
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން
ބޭނުންވާ އަދަދު:
3 (ތިނެއް)
އަސާސީ މުސާރަ:
3,100.00 ރުފިޔާ
ސަރވިސް އެލަވަންސް:
1,000.00 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
1,395.00 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
އޮގްޒިލަރީ ސަރވިސް އެލަވަންސް:
700.00 ރުފިޔާ
މަގާމުގެ ޝަރުޠު:
-    ލިޔަން ކިޔަން ދަތުން.
-    ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
-    55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
މަގާމުގެ މައިގަނޑު
މަސްއޫލިއްޔަތުތައް:
-    ރިހިޖެހިކޮށީގެ ސެކިއުރިޓީ ބެލެހެއްޓުން.
 ހުށަހަޅަންޖެހޭ ތަކެތި:
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".
ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
ނ. ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓު ފިޔަވައި ހުރިހާ ސެޓްފިކެޓުތައް (ރާއްޖޭން ބޭރުގެ)އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.
ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.
ޅ. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.
ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ޤައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
މި މަގާމުތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 އޮގަސްޓް 6 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރައްވާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީޑީއެފް ފޯމެޓުގައި ފޮނުއްވަންވާނެއެވެ .މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/އެވެ.
     31 ޖުލައި 2025