‎މޯލްޑިވްސް އިމިގްރޭޝަންގެ އަލިމަސް ޔޫބީލްގެ މުނާސަބަތާ ގުޅިގެން ރައީސުލްމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްމްހޫރިއްޔާ ތަހުނިޔާ ފޮނުއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލް މުނާސަބަތުގައި، އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާ ވިދާޅުވެ، ޝުކުރު ދަންނަވާފައިވެއެވެ.

‎އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނުންވަނީ ނިންމަވާފައެވެ. މިގޮތުން ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ފަންފެއަރ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒް އެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

‎ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ދޭންފަށާފައިވަނީ 24 މާރިޗު 1950 ގައެވެ.