"ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމް ފޮރ މޭނެޖަރސް ސުޕަރވައިޒަރސް އޮފް ސަރވިސް ސެންޓަރސް" ޕްރޮގްރާމް މިއަދު އިފްތިތާޙްކޮށްފިއެވެ. މިހިނގާ ސެޕްޓެމްބަރު މަހުގެ 24 އިން 26 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިން ދުވަހުގެ މި ޕްރޮގްރާމަކީ އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ "މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް" ގެ ނަމުގައެވެ. މި ޕުރޮގުރާމަކީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "އެކްސްޕީރިއެންސް އެކްސްޗޭންޖް އޮން ގަވަރންމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަން" އާބެހޭ އެމް.އޯ.ޔޫ އާ ގުޅިގެން ކުރިއަށް ގެންދަވާ ތަމްރީނާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމެކެވެ. އެގޮތުން މިއީ ޔޫ.އޭ.އީ ގެ މިނިސްޓްރީ އޮފް ކެބިނެޓް އެފެއާޒުން ކުރިއަށް ގެންދަވާ "ގަވަރމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް"ގެ ކެޕޭސިޓީ ބިލްޑިންގ ވަރކްސްޓްރީމްގެ ދަށުން ޔޫ.އޭ.އީ ސަރުކާރުން ހިންގާ ލީޑަރޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗެވެ. މި ފަހަރުގެ ޕުރޮގުރާމު އަމާޒުކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށެވެ.

މި ޕްރޮގްރާމަކީ ސަރުކާރުގެ އިދާރާތަކުގެ ކަސްޓަމާ ސަރވިސް އިނީޝިއޭޓިވްސް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމާ އެއްގޮތަށް މި ޕްރޮގްރާމަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ކޮމިޝަންގެ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ސަރުކާރުގެ އެކި އިދާރާތަކުން ޖުމްލަ 35 މުވައްޒަފުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.