މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ކޮމިޓީއާ މަޝްވަރާކުރައްވައިފިއެވެ.މި ބައްދަލުކުރެއްވުން އޮތީ ހޮނިހިރު ދުވަހު، ރ. މީދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބިން އިތުރުކުރެވެން އޮތް މިންވަރަކަށް ބިން އިތުރުކުރުމަށް އެދުމާއި ގޮދޮރުވެރިކަމުގެ ފުރުޞަތު އިތުރުކުރުމާއި ޒުވާނުންގެ މަރުކަޒެއް ހެދުމާއި ސްކޫލުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމާއި ރަށްގިރުމުގެ މައްސަލައާ ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީކުރުން އަދި މިހާރު ކުރިޔަށްދާ ބިނާރުގެ ބައެއް މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލުން ބޭނުންވާކަންކަން ހިމެނެއެވެ.

މީގެ އިތުރުން އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި އަތޮޅަށް އާރު.ޓީ.އެލް ފެރީ ނިޒާމު ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ އ.ތ.މ ކޮމިޓީން ވަނީ ޖުމްލަގޮތެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ބައެއް ދަތި މައްސަލަތައް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.