މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާ، ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު ޢިއްޒުއްދީން ސްކޫލުގައި ބޭއްވި މި ޖަލްސާގައި އެ އެސޯސިއޭޝަނުގެ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން އޮތެވެ. އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން އިއްވާ ފާސްކުރުން މި ޖަލްސާގައި އޮތެވެ.

މިއަދު ބޭއްވި 2019 ވަނަ އަހަރުގެ ގަރލް ގައިޑް އަހަރީ ޢާންމު ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގަރލް ގައިޑް ލީޑަރުންނާއި އެގްޒެކެޓިވް ކޮމެޓީއަށް ވޮރަންޓް އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ ކޮމެޓީ މެންބަރުންނަށް ސެޓްފިކެޓާއި ކ. މާފުށީ ސްކޫލު ގައިޑް ލީޑަރުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ