ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުގައި ރާއްޖެއާ ގުއާމް މިއަދު ކުޅުނު މެޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބައްލަވާލައްވައިފިއެވެ. މި މެޗު ކުޅުނީ، މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައެވެ.

މިއަދު ކުޅުނީ، ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގެ ގްރޫޕް އޭ ގެ މެޗެކެވެ. މި މެޗު، 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރާއްޖޭގެ ޓީމެވެ.