ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވި ފަންޑް ރެއިސިންގ ގާލާ ޑިނަރގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބި ކަނބަލުން ވަނީ "އެހީތެރިޔާ ވަރުބަލިކަމުން ދުރުވުމަށް މަގެއް" ގެ ނަމުގައި އެކުލަވާލާފައިވާ ފޮތް އިފްތިތާޙް ކޮށްދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "އައި އޭމް އެގެއިންސްޓް ޕަބްލިކް ސްމޯކިން" ކެންޕެއިންގެ ދަށުން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި ވެސް ސޮއިކުރައްވާފައެވެ. 

 ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބާއްވާ ފަންޑްރައިސިންގ ގާލާ ޑިނަރ އަކީ ކޮންމެ އަހަރަކުވެސް އެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ ހަރަކާތެކެވެ.