މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު އެނބުރި ރާއްޖެއައި ޙައްޖުކޯޕަރޭޝަނުގެ އެންމެ ފަހު ގްރޫޕްގެ ޙައްޖާޖީންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު އައި ހައްޖުވެރިންނާ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޙައްޖާޖީންގެ ކަންކަން އިންތިޒާމުކުރައްވަން ވަޑައިގެންނެވި އިސްބޭފުޅުންނާ އަދި ޙައްޖާޖީންނާވެސް ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ފުރަތަމަ ގްރޫޕް ޙައްޖަށް ފުރުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.