ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މާފަންނު ސީނާ ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، މާފަފްންނު ކޮކާހަނދުވަރުގެ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭ. އެސް. ސީގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އެކޮމިޝަނަށް ފޮނުއްވައިފިއެވެ.

މި ދެބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ޖުޑިޝަލް ސާރވިސް ކޮމިޝަނަށް ފޮނުއްވާފައި މި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޢައްޔަންކުރާމީހުން ކަނޑައަޅާނީ އެ ކޮމިޝަނުގެ މަޝްވަރާގެމަތިން ކަމުގައި ވާތީއެވެ.

ސްޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 5 އިން 7 އަށް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާޙް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައި ވަނީ މިދިޔަ ޖުލައިމަހުގެ 23 ވަނަ ދުވަހުއެވެ.