ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޗައިނާއަކީ ގިނަ ދާއިރާތަކަކުން ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮންނަ އެކުވެރި ޤައުމެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ޗައިނާއަކީ ރާއްޖެއަށް ތަރައްޤީ ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ޗައިނާގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ޓީޗަރުންނާއި ދަރިވަރުންނަށް ފަންނީގޮތުންނާއި ތަޢުލީމީގޮތުން ތަޖުރިބާ އިތުރުކުރުމަށް ޗައިނާއަށް ދަތުރުކުރުމުގެ ފުރުސަތު ހޯއްދެވުމާ ގުޅޭގޮތުންވެސް ސަފީރާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކޮށްލެވުމުގައި އަޒީމާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން މިހާރުވެސް ރާއްޖޭގެ އެކި މުވައްޞަސާތަކާ ގުޅިގެން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އެނޫން އެހެންދާއިރާތަކުން ފުރުޞަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމުގައި އަޒީމާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އަޒީމާ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަސައްކަތްކުރެއްވުމާއި އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.