އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވި ވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، އިންޑިއާ ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމާއި ދެޤައުމުގެ މެދުގައި ބައެއްކަހަލަ އެއްބަސްވުން ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.