ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލޭގައި އަލަށް އިމާރާތްކކުރަމުންދާ ހުރަވީ ސްކޫލް މިއަދު ބައްލަވާލައްވައިފިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުރަވީ ސްކޫލަށް މިއަދު މެންދުރުފަހު މި ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި، އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ސްކޫލްގެ އިސްވެރިން ވަނީ ހުރަވީ ސްކޫލާ ބެހޭ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ.