ކުޑަކުދިންނަށް ދިމާވާ ޖިންސީގޯނާތަކުން އެކުދިން ރައްކާތެރިކޮށް، އެފަދަ މައްސަލަތައް ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފިއެވެ. ކޮމިޓީގެ ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ވައިސް ޗެއަރޕަރސަން ޑޮކްޓަރ ޢާއިޝަތު ޝިހާމެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ ޒުލައިޚާ ޝަބީނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓެރީ އަލްއުސްތާޛާ ޢާއިޝަތު ލިއުޝާ ޒާހިރާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ކަރެކްޝަނަލް ސަރވިސަސް އައްޝައިޚް ޙުސައިން ރަޝީދު ޔޫސުފާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުޝްރިފް މުސާޢިދު އަލްއުސްތާޛު ޢިއްޒުއްދީން ޢަދުނާނާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީ އަލްއުސްތާޛު މޫސާ ޢާލިމެވެ.

މި ކޮމިޓީގެ މަސައްކަތަކީ، ކަމާބެހޭ ޤާނޫނީ އޮނިގަނޑާއި އިދާރީ އޮނިގަނޑުތައް މުރާޖަޢާ ކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ފާހަގަކުރެއްވުމެވެ.