ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕްރޮޖެކްޓް އެޑްވައިޒަރުގެ މަޤާމަށް ވިލިނގިލި އަވަށް، ޕެލަސް އަލްފާޟިލް މުޙަންމަދު އިބްރާހީމް ޢައްޔަނު ކުރައްވައިފިއެވެ. މުޙަންމަދު އިބްރާހީމް މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

މުޙަންމަދު އިބްރާހީމް، މިހާތަނަށް ހުންނެވީ، އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލަރ އޮފީހުގެ ކޮންސަލްގެ މަގާމުގައެވެ.