ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާނެއެވެ. މިކަން ރަސްމީގޮތުން ފަށްޓަވައިދެއްވުން އޮންނާނީ މާދަމާ ހަވީރެވެ.