މިސުރުގެ ޤާހިރާގައި މާދަމާ ފެށޭ "12ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ސަމިޓު ނިމޭނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.