މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވަންދެން، އެމިނިސްޓްރީ ހިންގެވުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވާލުކުރައްވައިފިއެވެ.