ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. މިމަޤާމަށް ޢައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމުގައި ހުންނެވި އަލްފާޟިލް ޢައްބާސް ޢާދިލް ރިޟާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމު ހުސްވުމާ ގުޅިގެން ސްޕޯކްސްޕަރސަން ކުރައްވަމުން ގެންދެވި މަސައްކަތްތައް އެއޮފީހުގެ އެޑްވައިޒަރ، ޕޮލިޓިކަލް އެފެއާޒް އަލްފާޟިލް އަޙްމަދު ތައުފީޤާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފިއެވެ.