ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަޤާމުން ޑޮކްޓަރ އަޙްމަދު ޝަމްހީދު މިއަދު ވަކިކުރައްވައިފިއެވެ.

ޑޮކްޓަރ އަޙްމަދު ޝަމްހީދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަޤާމުން ވަކިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެމަޤާމުގައި ހުންނަވައިގެން، ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް، ވަރަށް އިޚްލާޞްތެރި ކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.