ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫ އެއަރޕޯޓް، ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ, ކޫއްޑޫ އެއަރޕޯޓް ހުޅުއްވައިދެއްވުމަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި، ފުރާވަޑައިގަތީ، މިއަދު ހެނދުނުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ، ހުޅުއްވައިދެއްވާނެއެވެ. އަދި އެއަތޮޅު ފަޅުމާފުށީގައި ޢިމާރާތް ކުރެވުނު [ދަ ރެސިޑެންސް މޯލްޑިވްސް]ވެސް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާނެއެވެ.