މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު، މި ސެޕްޓެމްބަރ މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާބެހޭ ފޯމް، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް ހުށަހަޅުއްވަންޖެހޭ އެންމެފަހު ވަގުތަކީ، އެދުވަހު މެންދުރުފަހު 3.00 އެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވާނީ، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީއިން ހުޅުއްވައިލެއްވީ، މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް، މި އިނާމާބެހޭ އިތުރު މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، މާދަމާ މެންދުރުފަހު 3.00ގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނަން ނޯޓް ކުރައްވަންޖެހެއެވެ. ނަން ނޯޓް ކުރެއްވުމަށް ގުޅުއްވަންޖެހެނީ، އެ އޮފީހުގެ ނަންބަރު: 3336262 ނުވަތަ 3336206 ނަންބަރު ފޯނަށެވެ.