ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ޝަންހާއީ އަރބަން ޕްލޭނިންގް އެގްޒިބިޝަނަށް މިއަދު ހެނދުގެ ވަގުތެއްގައި ޒިޔާރަތް ކުރައްވައިފިއެވެ. ޝަންހާއީއަކީ، ދުނިޔޭގެ ނިސްބަތުން ބޮޑު ސިޓީއަކަށްވެފައި، ޝަންހާއީ، ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރެވިފައިވާ މަރުޙަލާތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެގްޒިބިޝަންގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ، އެގްޒިބިޝަންގެ ޑިރެކްޓަރ މިސްޓަރ ލިއު ބޯއެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް، މި އެގްޒިބިޝަންގެ ފަރާތުން ޝަންހާއީ ސިޓީގެ ތަރައްޤީގެ ވަރަށް ފުރިހަމަ ތްރީޑީ ޕްރެސެންޓޭޝަނެއްވަނީ އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޝަންހާއީ އަރބަން ޕްލޭނިންގ އެގްޒިބިޝަން ބައްލަވާލެއްވުމަށްފަހު، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.