މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އަމީން ޢާންމުގެ މަގާމަށް ނައިބުން ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، ދަފްތަރު ނަންބަރު 94-67 އައްޝައިޚް މުޙަންމަދު ފާރޫޤެވެ. އައްޝައިޚް މުޙަންމަދު ފާރޫޤަކީ، މީގެކުރިންވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭރު ހުންނެވީ މިނިސްޓަރުގެ ނައިބު ކަމުގެ މަގާމުގައެވެ.