ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި، ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަމަޖައްސަވައިފިއެވެ. މިގޮތުން، މި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ، ޕޮލިޓިކަލް އެފެއާޒް އަލްފާޟިލް އަޙްމަދު ތައުފީޤެވެ.