އިންޑިޔާގެ ރާޖަސްތާނަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމާ ގުޅިގެން އެތައް ބަޔަކު މަރުވެ ތަންތަނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި،ރައީސް މުކަރްޖީއަށާއި، އިންޑިޔާ ސަރުކާރަށާއި،ރައްޔިތުންނަށާއި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށާއި، އިންޑިޔާގެ ރައްޔިތުންނަށްވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.