ލަންޑަންގައި މިރޭ ފެށޭ އޮލިމްޕިކް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ އެތުލީޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހިތްވަރު ދެއްވައިފިއެވެ. ހުރިހާ އެތުލީޓުންވެސް ހިތްވަރާއެކު މަސައްކަތްކޮށް، އޮލިމްޕިކް ގޭމްސުން ރާއްޖެއަށް ރީތިނަމެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ، ޓީމާ ރޭ ފޯނުން ގުޅުއްވައި އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޣައްސާން މައުމޫން މާދަމާގެ ވަގުތެއްގައި ރާއްޖޭގެ ޓީމާ ބައްދަލުކުރައްވާގޮތަށްވެސްވަނީ ހަމަޖެހިފައެވެ.