މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާދަމާރޭ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނީ، މިނިވަންދުވަހުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މާދަމާރޭ 10 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވަވާ ޚާއްޞަ އިޙްތިފާލުގައެވެ. މި އިޙުތިފާލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް އޮންނާނެއެވެ.