މިސްކިތްތަކަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ފައިސާގެ އެހީއެއް ވެދެއްވައިފިއެވެ. މިފައިސާ މިހާރުވަނީ ފަންޑަށް ރައްދުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ފަރާތުންވެސް ވަނީ މިފަންޑަށް ފައިސާގެ އެހީއެއް ވެދެއްވާފައެވެ.