ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް 5 ބޭފުޅުން ޢައްޔަން ކުރެއްވުމަށްޓަކައި، އެކަމަށް އިޢުލާނު ކުރެއްވުމުން ކުރިމަތިލެއްވި 118 ބޭފުޅުންގެ ނަންފުޅުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ދިރާސާގެ ނަތީޖާއަށް ބައްލަވައި، އެބޭފުޅުންގެ ތެރެއިން 12 ބޭފުޅެއްގެ ނަންފުޅު ތަރުތީބު ކުރައްވައި، އެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިގޮތުން ފޮނުއްވި ނަންފުޅުތައް، ފޮނުއްވި ތަރުތީބުން މިދަންނަވަނީއެވެ.

1. އަލްފާޟިލް އަޙްމަދު ޝާކިރު މއ. ކަށިމާ
2. އަލްފާޟިލާ ވިޒާދު ޢަލީ ހ. އާޒާދެވާދީ
3. އަލްފާޟިލް ޢަބްދުﷲ ޝިނާޙު މ. ބިލާލުގެ
4. އަލްފާޟިލް އަޙްމަދު ޢަލިމަނިކު ގ. ވިޔަވަތި
5. އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން މއ. ފެހިއަލި
6. އަލްފާޟިލާ ޢާއިޝަތު ޝިއުނާ ހ. ބަރަބޯމާގެ
7. އަލްފާޟިލާ ޖިހާދާ އަނީސް ބްލޫރޯޒް، ގއ. ކަނޑުހުޅުދޫ
8. އަލްފާޟިލާ ފަރީޝާ އާދަމް ދަފްތަރު ނަންބަރު 2245
9. އަލްފާޟިލް މުޙަންމަދު ޝަރީފު ހ. ތެވެލި
10. އަލްފާޟިލް ޢަބްދުﷲ ނިސާމް ދަފްތަރު ނަންބަރު 2613
11. އަލްފާޟިލް ޔޫސުފް މާނިޢު މުޙަންމަދު ގ. އަތަ
12. އަލްފާޟިލާ ފާޠިމަތު ޝަމްވީލާ ގ. ޢަލީއާބާދު

ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވައި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް ޢައްޔަން ކުރައްވާނެ 5 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.