މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މާދަމާ ހުޅުއްވާލައްވައި، އެކަމުގެ އިތުރު ތަފްޞީލް މަޢުލޫމާތު، އެކޮމިޓީން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މާދަމާ ދެއްވާނެއެވެ. މިކަމަށްޓަކައި މާދަމާ މެންދުރުކުރި 11 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ޕްރެސް ކޮންފަރެންސްގައި، އިނާމަށް އެކި ފަރާތްތައް ހޮއްވެވުމުގެ ކަންތައްތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ގެންދެވުމާ ބެހޭގޮތުން އެކޮމިޓީގައި މަޝްވަރާ ކުރައްވައި، ގެންނެވި ބަދަލުތައް، ޚަބަރުފަތުރާ ވަސީލަތްތަކާ އެކޮމިޓީން ޙިއްޞާ ކުރައްވާނެއެވެ.