ދިއްލީގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ އިސްބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، އެކުންފުނިތަކުން ކުރާ މައިގަނޑު ވިޔަފާރިތަކާ ބެހޭގޮތުން އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އެރުވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ކުންފުނިތަކަށް، އެ ފުރްޞަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.