މިއޮފީހުގެ ހުސްވެފައިވާމިދަންނަވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.
1. މަގާމުގެ ނަން:
ޑެޕިއުޓީ ޑިރެކްޓަރ، އިކޮނޮމިކް ޕޮލިސީ އެންޑް ރިސަރޗް
ރޭންކް:
އެމް.އެސް. 4
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
7,875.00 ރުފިޔާ
ސަރވިސް އެލަވަންސް:
2,000.00 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
3,543.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
ކޮލިފިކޭޝަން އެލަވަންސް:
-    ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،
ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ
 މަގާމުގެ ޝަރުތު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 މަގާމުގެ މައިގަނޑު
 މަސްއޫލިއްޔަތުތައް:
-ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކާއި، ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުންނާއި، އަދިވެސް މިނޫން ގޮތްގޮތުން އަތޮޅުތަކާ ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އިޤްތިޞާދީ ދާއިރާއާ ގުޅޭ މައުލޫމާތު ތައްޔާރުކުރުން.
-ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ކ) ގެ ދަށުން ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ކަރުދާސްތައް އެކުލަވާލުމުގައި ކުރަންޖެހޭ ދިރާސާތައްކޮށް، ފަންނީ ގޮތުން ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ކުރުން.
-އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ރާވައި ހިންގުން.
-ދައުލަތުގެ މުއައްސަސާތަކުން އިޤްތިޞާދީ ދާއިރާއިން ހިންގާ ޕުރޮގުރާމުތަކާއި، މަޝްރޫޢުތަކާއި ހަރަކާތްތައް، މެނިފެސްޓޯގައިވާ މަޤުސަދުތައް ހާސިލުކުރެވޭނެގޮތަށް ބައްޓަންކޮށްފައިވޭތޯ ޔަޤީންކުރުމުގެ މަސައްކަތް ކުރުން.
-އިޤްތިޞާދީ ދާއިރާއިން އެކަށައަޅާ އައު ސިޔާސަތުތަކާއި އަދި ތަންފީޛުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގެ މަޤުސަދުތައް ހާސިލުވާނެގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން.
-ދައުލަތުގެ ބަޖެޓާއި، ފިސްކަލް ސްޓެރެޓަޖީ އަދި މާލީ ކަންކަމާ ގުޅޭގޮތުން ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ޕްލޭންތަކާއި ކޮންސެޕްޓުތައް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކުލަވައިލުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
-މެނިފެސްޓޯގައި އެކުލެވިފައިހުރި އިޤްތިޞާދީ ދާއިރާއާއި ގުޅުންހުރި ސިޔާސަތުތައް ތަންފީޛުކުރެވެމުންދަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައިކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސަރވޭތައް ސުޕަވައިޒަރުގެ މަޝްވަރާގެ މަތިން އެކުލަވައިލައި ކުރިއަށް ގެންދިއުން.
2. މަގާމުގެ ނަން:
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
ރޭންކް:
ޖީ.އެސް. 3
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ކޯޕަރޭޓް ސަރވިސް އޮފީސް/ ނޭޝަނަލް އޮނަރސް އެންޑް ޕްރެސްޓީޖަސް އެވޯޑްސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީމުސާރަ:
1 (އެކެއް)
ސަރވިސްއެލަވަންސް:
4,465.00 ރުފިޔާ
އެކްސްކްލޫސިވްޖޮބްއެލަވަންސް:
1,500.00 ރުފިޔާ
ލިވިންގއެލަވަންސް:
2,009.25 ރުފިޔާ (އަސާސީ މުސާރައިގެ %45)
ސްޕެޝަލް އެލަވަންސް:
2,500.00 ރުފިޔާ
އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:
1،000.00 ރުފިޔާ
މަގާމުގެ ޝަރުޠު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓްފިކެޓް 2) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓްފިކެޓް 3) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަގާމުގެ މައިގަނޑު
މަސްއޫލިއްޔަތުތައް:
- ދިވެހި ދައުލަތުން އަދި ސަރުކާރުން ދެއްވާ އެކި އެކި އިނާމު އެރުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން.
- ސަރުކާރުން ދެއްވާ އިނާމާގުޅޭގޮތުން އަންނަ މައްސަލަތަކަށް ޖަވާބު ދިނުން.
- ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ދެއްވާ އިނާމާއި، ހަނދާނީ ފިލާ ދިނުމާބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
- ޤައުމީ އިނާމާބެހޭ ކޮމިޓީއާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން.
- އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑް ބެލެހެއްޓުން.
 ހުށަހަޅަންޖެހޭ ތަކެތި:
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".
ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
ނ. ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓު ފިޔަވައި ހުރިހާ ސެޓްފިކެޓުތައް (ރާއްޖޭން ބޭރުގެ)އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.
ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.
ޅ. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.
ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ޤައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
މި މަގާމުތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 އޮގަސްޓު 4 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރައްވާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީޑީއެފް ފޯމެޓުގައި ފޮނުއްވަންވާނެއެވެ .މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.
 
     29 ޖުލައި 2025