14 ޖެނުއަރީ 2012 އިން ފެށިގެން 8 ފެބްރުއަރީ 2012ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް، މިނިވަންކަމާއެކު ބަލައި ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އުފެއްދެވި ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް އެމަނިކުފާނު މަޢުލޫމާތު ދެއްވައިފިއެވެ.

މިއަދު ހެނދުނު 10 ޖެހިއިރު، ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނަށް ވަޑައިގެން، މިދެންނެވި މުއްދަތުގައި ހިނގި ކަންތައްތަކާ ގުޅިގެން، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތަކާއި އަދި އެމަނިކުފާނު ކަންތައްތައް ގެންދެވި ގޮތުގެ މަޢުލޫމާތު، އެ ކޮމިޝަނަށް ދެއްވިއެވެ. އަދި ކޮމިޝަނުން ކުރެއްވި ހުރިހާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވައި، ކޮމިޝަނަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވިއެވެ.