ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި، ސްޓޭޓް އިލެކްޓްރިކް ކަމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މައްޗަންގޮޅީ މަނާގޭ އަލްފާޟިލް ޢަބްދުﷲ ފާއިޒެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ޝާހިދު ޢަލީގެ އިތުރުން، އައްޑޫސިޓީ މީދޫ ހަސަންކާރިގޭ އަލްފާޟިލް އަޙްމަދު ނިޔާޒާއި، މައްޗަންގޮޅީ މަނަސް އަލްފާޟިލް ޢާމިރު މަންޞޫރާއި، ދަފްތަރު ނަންބަރު 1285 އަލްފާޟިލް ޢަބްދުލްހާދީ ޙުސައިނާއި، ހެންވޭރު އާޒާދެވާދީ އަލްފާޟިލާ ވިޒާދު ޢަލީއެވެ.

ސްޓޭޓް އިލެކްޓްރިކް ކަމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، އައްޑޫސިޓީ ހުޅުދޫ ނޫރީގޭ އަލްފާޟިލް އަޙްމަދު ޝަރީފެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑޮކްޓަރ ޒައިދު މުޙަންމަދުގެ އިތުރުން، ހއ. އުތީމު ފިނިރޯޅި އަލްފާޟިލާ ޢާއިޝަތު ޝިމްލާ އާއި، ދަފްތަރު ނަންބަރު 698 އަލްފާޟިލް އަޙްމަދު އަބޫބަކުރާއި، ހެންވޭރު ގާދޫ އަލްފާޟިލް މުޙަންމަދު ޢަޒީމާއި، މާފަންނު ފަތަޙަ އަލްފާޟިލް ޙުސައިން ފަހުމީއެވެ.

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މާފަންނު އާސްތާނާ އަލްފާޟިލް އިބްރާހީމް ޢާޠިފް ޝަކޫރެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މާފަންނު ޖަވާހިރުވާދީ އަލްފާޟިލާ އިދުހާމް ޙުސައިނާއި، މާފަންނު ނާޒްލީ މަންޒިލް އަލްފާޟިލް އިލްޔާސް ފަރުހާދާއި، މައްޗަންގޮޅީ ޕެންޒީ އަލްފާޟިލާ ޢާއިޝަތު ޝެރީނެވެ.