ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. މިގޮތުން، ބޯޑުގެ ޗެއަރމަން ކަމަށް ހަމަޖައްސަވާފައިވަނީ، މައްޗަންގޮޅީ ހަވާނާ އަލްފާޟިލް މުޙަންމަދު ފާއިޒެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ގުލްބަކާގޭ އަލްފާޟިލް މުޙަންމަދު މުއްޠަލިބެވެ.

ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކުންނާރުގަސްދޮށުގޭ އަލްފާޟިލް މުޙަންމަދު އައިމަނާއި، ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ އޯކިޑްވާދީ އަލްފާޟިލް އަޙްމަދު އަސްލަމާއި، ގަލޮޅު ގަސްކަރަ އަލްފާޟިލް އުސާމާ މުޙަންމަދު ރަޝީދާއި، ދަފްތަރު ނަންބަރު 6233 އަލްފާޟިލް އަޙްމަދު ޝަރީފާއި އަދި މައްޗަންގޮޅީ މާވަރު އަލްފާޟިލް ޙަސަން މުޙަންމަދެވެ.