މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އަލުން އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މައްޗަންގޮޅި ހަވޭލި އަލްފާޟިލް މުޙަންމަދު ސަޢީދެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑްގެ ދެބޭފުޅުންނަކީ، މެނެޖިންގ ޑިރެކްޓަރ ހެންވޭރު ނޫމުތީ އަލްފާޟިލް މުޙަންމަދު އިބްރާހީމާއި، މޯލްޑިވްސް ހެޑް އޮފް ސޭފްޓީ އެންޑް ސްޓޭންޑަޑްސް ގަލޮޅު ކެތުލިން އަލްފާޟިލް އިބްރާހީމް ޚާލިދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ދަފްތަރު ނަންބަރު 8309 އަލްފާޟިލް އިބްރާހީމް އިޔާސާއި، މާފަންނު މަހެކް އަލްފާޟިލް ޙުސައިން ޝިޔާމާއި، މާފަންނު މުލީގެ އަލްފާޟިލް އިބްރާހީމް މުޙަންމަދާއި އަދި މާފަންނު އެލްސިޔޯން ޑޮކްޓަރ އިބްރާހިމް މަޙްފޫޒެވެ.